ޕްރައިވެންޓް ކުންފުންޏެއްގެ އޮޮފީހެއް ފަޅާލައި ދެ މިލިއަނެއްކާ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި 38 އަހަރުގެ މީހާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ބަންދަށް 15 ދުވަސް ވެސް ޖަހައިފަ އެވެ.
އޭނަގެ ބަންދު އަމުރުގައިވާ ގޮތުން އޮފީސް ފަޅާލައި ދެ މިލިއަން ރުފިޔާ ވަގަށް ނެގުމުގައި އޭނާ ޝާމިލުވާކަން އޭނައާ ދެކޮޅަށް ހުށަހެޅި ހެކިންގެ ބަޔާނާއި ސީސީޓީވީ ކެމެރާގެ ސްނެޕް ޝޮޓް ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓެއްގެ އިިތުރުން ކޯލް ޑީޓެއިލްސް ރިޕޯޓުން އެނގެ އެވެ.
ކޯޓު އަމުރުގައި ބުނީ އެ ވައްކަމުގެ އޭނަގެ އިތުރުން އިތުރުން ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ. ކޯޓުގެ އަމުރުގައި ބުނީ ވައްކަން ކުރަން އެ މީހާ އަމަލީގޮތުން ބައިވެރިވުމުގެ އިތުރުން ތުހުމަތުކުރެވޭ އެހެން މީހުން ފިލުވުމަށް އޭނަ މަސައްކަތް ވެސް ކޮށްފަައިވާގެ ހެކިތަނުން ސާފުވާ ކަމަށެެވެ. އަދި ތުހުމަތުކުރެވޭ މީހުން ދުއްވި ސައިކަލު ކުއްޔަށް ނެގުމުގައި އޭނަ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ހެކި ފުލުހުން ހުށައަޅާފަައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.