Last Updated: November 30, 09:20
Saturday, November 30, 2024
މުނިފޫހިފިލުވުން

"ބަވަތި" އެމްއެސް ވީޑިއޯ ކުލަބަށް

މީގެ ހަތަރު އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" މީޑިއާނެޓްގެ ވީޑިއޯ ކުލަބުން ޕްރީމިއާކުރަން ނިންމައިފި އެވެ.

އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށް 2019 ގައި ގެނެސްދިން ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 އެވެ. އެގޮތުން މިހާރު ވަނީ "ބަވަތި" ގެ ޓްރެއިލާއެއް ވެސް އާންމުކޮށްފަ އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު މި ފިލްމުގެ ލީޑް ރޯލު ކުޅުނީ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އިފްނާޒް ފިރާގެވެ. އިއްލެގެ ފުރަތަމަ ފީޗާ ފިލްމުގެ ގޮތުގައި އަދި އޭނަގެ އައި ފިލްމްސް އިން ގެނެސްދިން "ބަވަތި" ގެ އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު ރަޝީދު ދަރާ) އަދި ފާތުމަތު ލަތީފާ ވެސް ހިމެނެ އެވެ.

"ބަވަތި" އޮލިމްޕަހުގައި ޕްރީމިއާކުރީ ސެޕްޓެމްބަރު 2، 2019 ގަ އެވެ.

އިއްލެގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި އޮލިމްޕަހުގައި އެޅުވި ބިރުވެރި ފިލްމު "ކަންބަޅި" އެވެ. އޭނަ މިދިޔަ އަހަރު ދެ ފިލްމެއް ގެނެސްދިނެވެ. އެއީ ކްރައިމް ތުރިލާ "ނީނާ" އާއި ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ.