މިނިސްޓަރުން ފިޔަވައި ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ދާ އެއްވެސް ބަޔަކު މޮބައިލް ފޯނު ވެއްދުން މަނާކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އެ އެގޮތަށް އަމަލު ކުރަން ފަށާފައި ވަނީ މީގެ ދެ މަސް ކުރިން ކަމަށާއި އެއީ ސެކިއުރިޓީ ޕްރޮޓޮކޯލެއްގެ ދަށުން އަމަލު ކުރަން ފެށި އުސޫލެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރުމުން ފޯނު ވެއްދުމުގެ ހުއްދަ ދިނެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި ދެން މޮބައިލް ފޯނު ވެއްދުމިގެ ހުއްދަ ނުދޭނެ ކަމަށް އަންގާފައިވެ އެވެ.