Last Updated: January 10, 18:08
Friday, January 10, 2025
ދުނިޔެ

އަންހެނުންނަށް ކުރާ އަނިޔާ ގައުމީ މައްސަލައަކަށް!

ފަހަކަށް އައިސް އޮސްޓްރޭލިއާގައި އަންހެނުން މެދު ހިންގާ އަނިޔާވެރި އަމަލުތައް އިތުރުވަމުންދާތީ އެއީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ މީހުންނަށް ދޭ އަބަދު ހަރުކަށި ކުރަން ގޮވާލައި، އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ބޮޑެތި މުޒާހަރާތަކެއް ފަށައިފި އެވެ.

މި މުޒާހަރާތަކުގައި އަންނަނީ ވަކި ޖިންސެއްގެ މީހަކަށްވީތީ އެ މީހުންނާ ދެކޮލަށް އަނިޔާވެރި އެތައް ޖަރީމާއެއް ހިންމުންދާ ކަމަށާއި މިކަން މިހާރު އިންތިހާ އަށް އަށް ގޮސްފައިވާ ކަމަށް ބުނަމުންނެވެ. އެހެންވެ މިއީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރަށް އަންނަނީ ގޮވާލަމުންވެ.

އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ އެ މީހުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ މީހުންނަށް ހަރުކަށި އަދަބުތައް ވެސް ދޭން ގޮވާލައި ކުރިއަށް ގެންދާ ރެލީތައް އިންތިޒާމުކުރުގައި އެންމެ އިސް ރޯލެއް އަދާކުރާ މާޓިނާ ފެރޭރާ ބުނީ އަނިޔާގެ ޝިކާރައަށްވާ މީހުންނަށް އެހީ ހޯދޭނެ ގޮތްތަކާއި އެފަދަ މައްސަލަތައް ފަސޭހައިން ރިޕޯޓްކުރެވޭނެ ނިޒާމުތަކެއް ވެސް މިހާރު ވަރަށް ބޮޑަށް މުހިއްމުވެފައިވާ ކަމަށެވެ.

އަންހެނުންނާ ދެކޮޅަށް އޮސްޓްރޭލިއާގައި ހިންގަމުންދާ ޖަރީމާތައް އިތުރުވަމުންދާ އރު، މި އަހަރު ފެށުނު ފަހުން ކޮންމެ ހަތަރު ދުވަހަކުން އަންހެނެއްގެ ފުރާނަ ދުއްވައިލާކަން މިހާރުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މި މަހުގެ ކުރީކޮޅު ސިޑްނީގެ ޝޮޕިމް ސެންޓަރަކަށް ތޫނު އެއެއް ހިފައިގެން ވަދެ، ހަ މީހަކު މަރާލި ހާދިސާ އަށް ބަލާ އިރު، އޭގެ ތެރެއިން ފަސް މީހުންނަކީ އަންހެނުންނެވެ.

އެހެންވެ މިކަން ބޮޑުވުންތަކާ އެކީ އެތައް ހާސް އަންހެނުން މަގުތަކަށް ނުކުމެ އެ މީހުންނަށް ރައްކާތެރިކަން ހޯދައި ދޭން ސަރުކާރަށް އަންނަނީ ގޮވައިލަމުންނެވެ.

މިކަމާ ގުޅިގެން ބޮޑުވަޒީރު އެންތަނީ އަލްބެނީސް ވިދާޅުވީ އަންހެނުން ދެކޮޅަށް ހިންގާ އަނިޔާވެރި އަމަަލުތައް މިހާރު ގައުމީ ބޮޑު ކާރިސާއަކަށްވަމުންދާ ކަމަށް ގަބޫލު ވެސް ކުރައްވާ ކަމަށެވެ. އެހެންވެ ސަރުކާރު ފެންވވަރުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަންހެނުންނާ މެދު ދެކޭ ގޮތް ބަދަލުކުރުމާއި ގާނޫނީ ގޮތުން ހޯދައި ދެވެން ހުރި ރައްކާތެރިކަމާ ގުޅޭ ގޮތުން އެބަޖެހޭ ގިނަ މަސައްކަތްތަކެއް ކުރަނ،" ކެމްބެރާގެ މުޒާހަރާ ބައިވެރިންނާ މުހާތަބު ކުރައްވައި ބޮޑުވަޒީރު ވިދާޅުވި އެވެ. "ދެ ޖިންސްގެ މީހުން ވެސް އެބަޖެހޭ އެއް ބަޔަކު އަނެއް ބަޔަކު އިހުތިރާމުކުރާ ގަދަރުކުރާ ބަތަކަށް ވާން. ވަކިން ޖިންސެއްގެ މީހަކަށްވުމަކީ ބަލިކަށި ކަމެއް ނޫން."