އުރީދޫން ޓިކްޓޮކާއެކު ސްޓްރެޓިޖިކް ޕާޓްނާޝިޕެއްގައި ސޮއިކޮށް ފިއެވެ.
އެ ކުންފުނިން ޓިކްޓޮކަށް މަރުހަބާ ކިޔައިފައިވާކަން އިއުލާންކުރީ ރޭ އުރީދޫ ހެޑް ކުއާާޓަރުގައި ބޭއްވި އިވެންޓެއްގަ އެވެ.
އުރީދޫން ބުނީ ޗައިނާގެ ބައިޓްޑާންސުން ހިންގަމުން އަންނަ އަދި ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޓިކްޓޮކާ އެކީ ހެދި ޕާޓްނަޝިޕްގެ ސަބަބުން އެ ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެން އަންނާނެ ކަމަށެވެ.
އުރީދޫން ބުނީ އެ ކުންފުންޏަކީ އަބަދު ވެސް ކަސްޓަމަރުންނަށް އާ ކަންކަމާއި އީޖާދީ ޚިދުމަތްތައް ފޯރުކޮށް އިސްކަންދޭ ކުންފުންޏެއް ކަމަށެވެ. އެގޮތުން އާ ޕާޓްނަޝިޕްގެ ދަށުން އުރީދޫ ނެޓްވޯކުގައި ޓިކްޓޮކް ބޭނުންކުރާ މީހުންމަށް ހަލުވި ސްޕީޑުގައި ޓިކްޓޮކް ބޭނުންކުރުމާއި ސްޓްރީމް ކުރުމާއި ޝެއާކުރުމުގެ އިތުރުން ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ލިބިގެން ދާނެ އެވެ.
ރޭގެ އިވެންޓުގައި އުރީދޫން ވަނީ ޓިކްޓޮކަށް ހާއްސަ ޕެކްތަކެއް ލޯންޗްކޮށްފަ އެވެ. އެ މި ޕެކްތަކުގެ ސަބަބުން ރާއްޖޭގައި މިހާރު ތިބި ކޮންޓެންޓް ކްރިއޭޓަރުންނަށް އިތުރު ލުއިތަކެއް ލިބޭނެކަމުގެ ޔަގީންކަން ދީފައިވެ އެވެ.