އެކިއެކި ސަބަބުތަކަކާ ހެދި ސިވިލް ސާވިސް ވަޒީފާތަކުން ވަކިވެފައިވާ މުވައްޒަފުންނަށް އަލުން ފުރުސަތު ދޭން ސަރުކާރުން ނިންމައިފި އެވެެ.
އެގޮތުން ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ޞީއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކަށައެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާ އެކީ ރައީސް ޑރ. މުހައްމަދު ކުރިން އޮތީ ނިންމަވާފައެވެ.
ޞިއްޙީ ދާއިރާގެ އިތުރުން ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ އެހެން ދާއިރާތަކަށް ވެސް ފުރުޞަތު ދިނުމަށް މަރައޫސް މިހާރު ވަނީ ނިންމަވައިފައެވެ.
އެގޮތަށް އިއްޔެ ނިންމެވީ ކެބިނެޓް ބައްދަލުވުމުގައި ރައީސްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކު ކުރުމަށް ފަހު އެވެ.
މި ނިންމެވުމާގުޅިގެން، ސިވިލް ސާވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީ ގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުޤުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާ އަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ވަނީ ނިންމައިފަ އެވެ. ވާފައެވެ. އެގޮތުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސެވުމަށް ވެސް ވަނީ ނިންމައިފައެ ވެ.
މިއާ އެކީ އެކިއެކި ޓެކްނިކަލަ ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި، އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށްވުމާއެކު، އެފަދަ ފަރާތްތަކަށް ޚާއްޞަ "ޕޭ ސްޓްރަކްޗާ" އެއް އެކުލަވާލެއްވުމަށް ވެސް ނިންމަވާފައިވެ އެވެ.
މީގެ އިތުރުން ހަޔަ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 ޕަސެންޓް ހުރިހާ ދާއިރާއެއްގެ "ހައިލީ ޓެކްނިކަލް ފީލްޑްތަކަށް" ޚާއްޞަކުރަން ވެސް ވަނީ ނިންމައިފަ އެވެ.
މިގޮތަށް ނިންމި ސަބަބުތަކުގެ ތެރޭގައި ސިވިލް ސާވިސް އަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާޢަތުތައް ހުރި ގޮތުން މީހުން ލިބުން ދަތި ނޫން މަގާމުތަކަށް ވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ޚިދުމަތް ދިނުމުގައްޔާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާކަމަށް، ފާހަގަކުރެވުން ހިމެނެ އެވެ. އަދި ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތް ކުރާނެ މީހުން ރެކްރޫޓުކުރުމަށް ހުރި ދަތިކަން ވެސް ހިމެނެއެވެ.