Last Updated: November 27, 13:29
Wednesday, November 27, 2024
ޚަބަރު

ތަހުގީގަކަށް ބިދޭސީންތަކެއް ހޯދަނީ

ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދަން އިއުލާންކޮށްފ އެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަކީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ބައެއް ކަމަށެވެ. މީގެ ތެރެއިން އެކަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ ޝޮހެދުއްލާ، 34، އެވެ. އަނެއް މީހާ އަކީ އެ ގައުމަށް ނިސްބަތްވާ ކޮކޮން މިއާ، 40، އެވެ

ފުލުހުން ބުނީ މި ދެ މީހުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރޭގަނޑު 8:00 އަށް މަނަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، ހާޒިރުވާން ޖެހޭ ކަމަށެވެ.

ރާއްޖޭގައި ބިދޭސީން ފިލައިގެން އުޅުމަކީ ވަރަށް އާންމު މައްސަލައެކެވެ.