ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓް ބިނާކުރަން ނިންމައި، ޔޫއޭއީ އިން އެ މަޝްރޫއު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
އަހަރަކު 260 މިލިއަން ޕެސެންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއަކީ ދުބާއީގެ އަލް މަކްތޫމް އެއާޕޯޓް ބޮޑުކުރަން ހިންގާ މަޝްރޫއެކެވެ. އެގޮތުން އެ އެއާޕޯޓް ބޮޑުކުރަން ހިންގާ މަޝްރޫއަކީ މިހާރު ދުބާއީގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް (ޑީބީއެކްސް) އަށް ވުރެ ފަސްގުނަ ބޮޑު އެއާޕޯޓަކަށް ވާނެ އެވެ.
އަލް މަކްތޫމް އެއާޕޯޓް ބޮޑުކުރަން ހިންގާ މަޝްރޫއުގެ ތެރެއިން ޔޫއޭއީގެ ހުރިހާ އެއާޕޯޓްތަކެއް އެއް ފުރާޅެއްގެ ދަށުން އޮޕަރޭޓްކުރެވޭ ވަރުގެ ޓާމިނަލެއް ހެދުމާއި ފަސް ރަންވޭ އެޅުމާއި 400 އެއްހާ ބޯޓްގެ ޖާގައިގެ ގޭޓް އެކުލެވޭނެ އެވެ. އެއާޕޯޓް ބޮޑު ކުރަން ހިންގާ މަޝްރޫއުގެ ތެރެއިން އަލް މަކްތޫމް އެއާޕޯޓްވެގެން ދާނީ 78 އަކަމީޓަރު (300 އަކަމޭލު) އަށް ފެތުރިފައިވާ އެއާޕޯޓަކަށެވެ.
Today, we approved the designs for the new passenger terminals at Al Maktoum International Airport, and commencing construction of the building at a cost of AED 128 billion as part of Dubai Aviation Corporation's strategy.
Al Maktoum International Airport will enjoy the… pic.twitter.com/oG973DGRYX
— HH Sheikh Mohammed (@HHShkMohd) April 28, 2024
ޔޫއޭއީގެ ބޮޑުވަޒީރު އަދި ނައިބު ރައީސް ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓް ޔޫއޭއީގައި ހަދާ އިރު، މި މަޝްރޫއުގެ ސަބަބުން ދުބާއީގެ ދެކުނުވެގެން ދާނީ ޒަމާނީ ބޮޑު ސިޓީއަކަށް ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން އެއާޕޯޓް އެ ސަރަހައްދުގައި މިލިއަނެއްހާ މީހުންގެ ބޯހިޔާވަހިމާއި އެ ނޫން އެތައް ވަސީލަތެއް ގާއިމުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ކުރިއަށް އޮތް ޖީލުތަކަށް އަމާޒުކޮށްގެން ހިންގާ ވަރަށް ހާއްސަ ޕްރޮޖެކްޓެއް." 35 ބިލިއަން ޑޮލަރުގެ މަޝްރޫއާ ގުޅޭ ގޮތުން މުހައްމަދު ވިދާޅުވި އެވެ.
ޔޫއޭއީ އަކީ މިހާރު ވެސް އުމްރާނީ ގޮތުން ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމެވެ. ހާއްސަކޮށް މެދުއިރުމަތީގައި މި ގައުމަކީ އެތައް ގޮތަކުން ފާހަގަކޮށްލެވޭ ގައުމެކެވެ.