މި މަހުގެ ތެރޭގައި ދައުރުވާ ހަދާ 19 ވަނަ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލު ކުރައްވާ އަބްދުﷲ ޖާބިރު މެންބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވައި އޭނަ މަޖިލީހަށް ޖާބިރު ފޮނުއްވި ސިޓީގައި ބުނެފައި މި މަހުގެ 28 ގައި ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ލިބިގެން ދިޔުމަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ޑިމޮކްރަސީ ފަހަތަށް ސޮއްސައިލައިގެން ދިޔަ ކަމެއް ކަމަށެވެ. ޖާބިރު ވިދާޅުވީ އޭނަ މަޖިލީހަށް މިދިޔަ މަހު މަޖިލީހަށް ވާދަކުރަން ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމެރީ ވާދަކޮށް ޓިކެޓް ލިބުމުން ޕާޓީން ބޭރުކޮށް ޕްރައިމަރީގައި ވާދަނުކުރާ މީހަކަށް ޓިކެޓް ވެދުމަށް އެރުވުމަކީ ވެސް ޑިމޮކްރަސީގެ ރީތި އުސޫލްތަކާ ހިލާފުކަމެއް ކަމަށެވެ.
އެމްޑީޕީން ޖާބިރުގެ ޓިކެޓް އަތުލީ ހަޑި ހުތުރު ބަހުން ވާހަކަ ދައްކަވާތީ އަހުލާގީ މައްސަލަތަކަކާ ގުޅިގެންނެވެ. ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދުގެ ކުރީގެ ފިރިކަލުންގެ ޓިކެޓް އަތުލުމުން އަމިއްލަ ގޮތުން ކާށިދޫ ދާއިރާ އަށް ވާދަކުރެއްވުމުން ކުރިމަތިވެވަޑައިގަތީ ނާކާމިޔާބީއާ އެވެ.
ނަވާރަ ވަނަ މަޖިލީހުގެ މެންބަރުކަމުން ޖާބިރު އިސްތިއުދާ ދެއްވި އިރު، މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މި މަހުގެ 13 ގަ އެެވެ.
އާ މަޖިލީހުގެ 93 މެންބަރުން މި މަހުގެ 28 ގައި ހުވާކުރައްވާ އިރު، 73 ގޮނޑިއާ އެކީ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ ޕީއެންސީއަށެވެ.
އެމްޑީޕީ އަށް 20 ވަނަ މަޖިލީހުން ލިބުނީ އެންމެ 12 ގޮނޑި އެވެ.