ޤުރުއާން ހިތުދަސްކުރުމުގެ ކުލާސްތަކަށް ވަނުމުގެ ފުރުސަތު ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުން ހުޅުވާލައިފި އެވެ.
މިއަހަރުގެ ދެ ވަނަ ސެމިސްޓާގައި ފެށުމަށް ހަމަޖެފައިވާ ކުލާސްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވައިލައިފައި ވަނީ މި މަހުގެ 19 އާ ހަމައަށެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ ކުލާސްތަކުގައި ބައިވެރިވެވޭނީ އުމުރުން 7 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށެވެ.
ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އަމީލް ޖަލީލް މިސްކިތާއި މާލޭގެ ސަލްމާން މިސްކިތުގަ އެވެ.
އެކަމަށް އެދޭ ފޯމު މަރުކަޒުގެ ކައުންޓަރުންނާއި ވެބްސައިޓުން މިހާރު ލިބެން ހުންނާނެ އެވެ. އަދި މި ލިންކް https://chq.gov.mv/wp-content/uploads/2024/05/F011-Application-for-Quran-Memorizing-course.pdf?fbclid=IwZXh0bgNhZW0CMTAAAR14wtDuHSbA3kO6EbrFgnxy-97qDq3twqXftFrUjKPBCdKbx-4LjjZIy84_aem_AfJEZV5eqFlGFC8-PTEeSN_uICaBswvlwtCB-eNhcf6v4YVDdTX79UhYnph2nBUY3mHTH0MF6N4nNggZWPwp_pQ2މެދުވެރިކޮށް ވެސް ފޯމް ފުރައި ހުށަހެޅޭނެ އެވެ.
ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ކުލާސްތަކަށް ބައިވެރިން ނަގާނީ ޙިފުޡުހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށް ފަހު ކަމަށެވެ. އަދި މާކްސް އެއްވަރުވެއްޖެނަމަ ފުރުސަތު ދިނުމުގައި އިސްކަން ދޭނީ ފޯމު ހުށައަޅާފައިވާ ތަރުތީބަށެވެ.
އިންޓަވިއު ކުރުމަށް ހަމަ ޖެހިފައިވަނީމި މަހުގެ 21-28 އާ ދެމެދު އެވެ.