Last Updated: November 26, 15:36
Tuesday, November 26, 2024
ޚަބަރު

އެޕްރީލްގެ ފެންބިލަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް

މިދިޔަ ރޯދަ މަހުގެ ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލަށް ޑިސްކައުންޓް ދޭން ސަރުކާރުން ނިންމި ނަމަވެސް ބިލްތައް ލިބުނު ބޮޑުވުމުގެ ޝަކުވާތަކާ ގުޅިގެން ޑިސްކައުންޓާ ގުޅޭ ތަފުސީލުތަކެއް އެމްޑަބްލިއުއެސްސީން ހިއްސާކޮށްފި އެވެ.

އެ ކުންފުނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޯދަ މަހުގެ، ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމުމާ ގުޅިގެން، ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް ެން ކުންފުނީގެ އުސޫލުން ޑިސްކައުންޓު ދީފައި ވާނީ މާޗް 11 އިން އެޕްރީލް 11 ގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދީފައިވާ ކަމަށާއި އެއީ ޑޮމެސްޓިކް ކެޓަގަރީ އަށް ބިލްކުރެވިފައިވާ މިންވަރުގެ 24.5 ޕަސެންޓް ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ނަމަވެސް ބިލްތަކުގައި ރޯދަ މަހު ބޭނުން ކުރެވުނު ފެނާއި ކަރަންޓު ހިމެނިފައި ވަނީ އެކި މިންވަރަށް ކަމަށްވުމާ އެކީ ރޯދަ މަހުގެ ތެރޭގައި ފޮނުވި ބިލްތަކުގެ އިތުރުން ރޯދަ މަހުގެ ތެރޭގައި ބޭނުންކުރި ފެނާއި ކަރަންޓުގެ އަގަށް ވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވުމާ އެކީ މިދިޔަ މަހުގެ ބިލްތަކަށް ޑިސްކައުންޓް ދޭނެ ކަމަށް އެމްޑަބްލުއުއެސްސީން ބުންޏެވެ.

އެގޮތުން އޭޕްރީލް މަހުގެ ބިލް ޑިސްކައުންޓު ހިމަނައިގެން ފޮނުވި މާޗް މަހުގެ ބިލަށް ވުރެ ބޮޑުވާ ނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކޮށް ދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން އުނިކޮށްދެވޭ މިންވަރަކީ މިދޔަ މަހުގެ ބިލްގެ 10 އަށް ވުރެ ކުޑަމިންވަރެއް ނަމަ، 10 ޕަސެންޓާ އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށް ދޭން ވަނީ ނިންނައިފަ އެވެ.

އަދި އޭޕްރީލް މަހުގެ ބިލް މާޗް މަހުގެ ބިލަށް ވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ. މީގެ އިތުރުން، އަލަށް ފެން އަދި ކަރަންޓް ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ އޭޕްރީލް މަހުގެ ބިލް ނަމަ އެފަދަ ފަރާތްތަކަށްވެސް އޭޕްރީލް މަހުގެ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭނެ ކަމަށް ފެން ކުންފުނިން ބުންޏެވެ.

އެހެންވެ އެޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ދެވޭ އަދަދާއި މިހާތަނަށް އޭޕްރީލް މަހުގެ ބިލް ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްލާޙު ކުރުމުން ޢަދަދުތަކަށް އަންނަ ބަދަލުތަކާއި، ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު ކަސްޓަމަރަށް ކުރެޑިޓް ކުރެވޭ ޙާލަތުގައި އެ މަޢުލޫމާތު ވެސް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަ ށްވެސް ހިއްސާކުރާނެ ކަމަސް ފެން ކުންފުނިން ބުންޏެވެ.

ކަރަންޓު ބިލާއި ފެން ބިލަށް އިތުރަށް ދޭން ނިންމކި ލުޔާއެކު ލަސްނުކޮށް ބިލްތައް ދެއްކެވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.