ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން އްޖޭގައި އަލަށް ޕާކެއް ހުޅުވައިފި އެވެ.
މާލޭގެ ކުޑަކުދިންގެ ބަގީޗާގައި އިއްޔެ މި ޕާކް ހުޅުވީ ރޮޓަރީ ކްލަބް އޮފް (އާރްސީއެމް) އާއި ސިފައިންގެ ސިފައިންގެ ސިފްކޯ ގުޅިގެންނެވެ.
ޕާކް ހުޅުވަން އިއްޔެ ހަވީރު ވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް އިބްރާހިމް ހިލްމީ ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ހުޅުވި ޕާކްގެ ކުޅޭ ސަރަޙައްދުގައި ފުރޮޅުލީ ގޮނޑީގައި ތިބޭ ކުދިންނަށް އެހެން ކުދިންނާ އެކީ ތިބެވޭނެ ގޮތަށް ހަދާފައިވާ ކެރެސޯލަކާއި، އިށީނދެ ނުތިބެވޭ ކުދިން ބާއްވައިގެން ހެއްލާ ފަދަ އުނދޯއްޔެއް ބަހައްޓާފައިވެއެވެ. އަދި ބެލެނިވެރިޔާ އެއް ފަރާތުގައި އިނދެގެން ބޭނުން ކުރެވޭނެ އެހެން އާލާތްތައް ވެސް އެތަނުގައި ގާއިމުކޮށްފައިވެ އެވެ.
ރޮޓަރީ ކްލަބްގެ ރައީސް ޢަބްދުﷲ ނައުޝާދު ވަނީ ކުޑަކުދިންގެ ބަގީޗާގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ވަޞީލަތްތަކެއް ޤާއިމްކޮށްފައި ވަނީ މިހާރު ގާއިމުކޮށްފައި ހުރި އެއްވެސް ޕާކެއްގައި ނުކުޅެންތެރިކަން ހުންނަ ކުދިންނަށް ވަކިން ބޭނުން ކުރެވޭ އިކުއިޕްމެންޓްސްތައް ނެތުމުގެ ސަބަބުން އެކަމަށް އޮތް ނުތަނަވަސް ކަމެއް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.
"މިއީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރާ ކަމެއް،" އޭނަ ވިދާޅުވި އެވެ. "މިއީ ރާއްޖޭގެ ގިނަ ޕާކުތަކެއްގައި އެއްކޮށް ކުޅެލުމުގެ ފުރުޞަތު ހޯދައިދިނުމުގެ ފެށުން."
ސިފްކޯގެ ސީއީއޯ ހައްވާ ޝެނިން ވިދާޅުވީ ކުޅިވަރުތަކުގައި ހުރިހާ ކުދިންނަށް ބައިވެރިކުރުވުމަކީ ކުޑަކުދިންގެ ބަގީޗާއަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށެވެ.