ރާއްޖޭގައި މިހާރު ޑެންގީ ހުން ބާރަށް ފެތުރެމުންދާ އިރު އެ ބަލީގައި ތުއްތު ކުދިންތަކެއް އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ތުއްތު ހަ ކުއްޖަކު އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން ބައެއް ކުދިންނަށް ލޭ ވެސް އަޅަން ޖެހިފައިވާ ކަމަށެވެ.
🦟 ވަރަށް ބޯ،
6 ތުއްތު 👶 އެބައޮތް ، 🦟ހަފައި ޑެންގީޖެހިގެން ބާއްވާފައި. ބައެއް 👶ނަށް 🩸🩸ވެސް އަޅަންޖެހޭ.
މިއީ ފުރާނައަށް ނުރައްކާވާ ބައްޔެއްކަން ހަނދާންނައްތާ ނުލާތި.
🦟ން ރައްކާތެރިވެލައްވާ!— Ahmed Faisal (@Faisalnaifaru) May 5, 2024
މަދިރީގެ ޒަރީރާ އިން ޖެހޭ ޑެންގީ އާއި ޗިކުންގުންޔާ މި ދުވަސްވަރު ހަލުވިކޮށް ފެތުރެމުންދާތީ ބަލިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކަޝަން އެޖެންސީ އެޗްޕީއޭ) އިން ވަނީ އިލްތިމާސް ވެސް ކޮށްފަ އެވެ. އަދި މިއީ ވިއްސާރަ ދުވަސްވަރަކަށްވުމާއި ސްކޫލް ބޮޑު ބަންދުކަމުން ގިނަ ބަޔަކު އެއް ތަނުން އަނެއް ދަތުރު ވެސް ކުރާ މިންވަރު އިތުރުވާނެތީ ބަލިތަކުން ރައްކާތެރިވުމަށް ވީހާ ވެސް ބޮޑަށް ފިޔަވަޅުތައް އެޅުމަށް އެދިފައިވެ އެވެ
ޑެންގީ އަކީ އީޑީސް މަދިރިން ޖައްސާ، ނުރައްކާތެރި ހުމެކެވެ. މި ބަލި ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށް ފަހު އެ މަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުން އެމީ ހެއްގެ ގަޔަށް ބަލީހެ ވައިރަސް އެރުމުންނެވެ. މި ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި ގަދައަށް ބޮލުގައި ރިއްސުމާއި މަސްތަކާ ހުޅުތަކުގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. ޑެންގީ ހުން ޖެހި ސީރިއަސް އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުން ލޭ އައުމާއި ނޭވާލާން ދަތިވުމާ އެތެރެ ހަށީގެ ގުނަވަންތައް ފެއިލްވުން ހިމެނެ އެވެ.