ދ. މާދެލީގައި ހަދަން ނިންމި މަސް ފެކްޓަރީ ފ. ނިލަންދު އަށް ބަދަލުކުރަން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްރީން ބުނީ އެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާ މަޖިލިސް ގޮނޑި ކާމިޔާނު ކުރެއްވި ނިލަންދު އަށް ބަދަލު ކުރަން ސަރުކާރުން ނިންމީ، ޓޫރިސްޓު ރިސޯޓެއް ހިންގަން މާދެލީ ދޫކޮށްފައި އޮތުމާއި އެ މުއާމަލާތް ގޮސްފައިވާ މިންވަރަށް ބަލާއިރު، ބަދަލު ދީފައި އެ ރަށް ނެގުމަކީ މާލީ ގޮތުން ދައުލަތަށް ރަނގަޅު ނިންމުމަކަށް ނުވާނެތީ ކަމަށެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި މާދެލީގައި މަސް ފެކްޓަރީއެއް އެޅުމަށް ރައީސް ވައުދުވެވަޑައިގަތީ އޮގަސްޓް 17 ވަނަ ދުވަހު އެވެ. އޭގެ ފަހުން މާދެލި ހިމެނޭ ގޮތަށް ތިން ރަށެއްގައި މަސް ފެކްޓަރީ ހަދަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެކު ފިޝަރީޒް މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ މަހުގެ 14 ގަ އެވެ.
އެ އެއްބަސްވުމުގައި ފިޔޯރީ އާއި ފެލިވަރުގައި މަސް ފެކްޓަރީއެއް ހެދުން ހިމެނެ އެވެ.
މާދެލީ މަޝްރޫއުގައި އެ ރަށުގައި ބަނދަރެއް ހެދުމާއި، މުވައްޒަފުން ތިބުމަށް އެކޮމޮޑޭޝަން އެޅުމާއި މަގުތައް ހެދުމާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތައް އަދި 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ހިމެނެ އެވެ.
މާދެލީގައި ހަދަން ނިންމީ މަސް ފެކްޓަރީ ނިލަންދު އަށް ބަދަލުކުރީ އެ ރަށް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން މި ސަރުކާރުން ކަނޑައަޅާފައިވާތީ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން އިއްޔެ ބުންޏެވެ. މަސް ފެކްޓަރީ އެޅުމަށް ބިން ހަމަޖެއްސުމާ ގުޅޭ ގޮތުން ފިޝަރީޒު މިނިސްޓްރީގެ ޓީމެއް އިއްޔެ އެ ރަށަށް ޒިޔާރަތްކޮށް ކައުންސިލާއެކު މަޝްވަރާ ވެސް ކޮށްފައިވެ އެވެ.
މާދެލީގައި މަސް ފެކްޓަރީ އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ އިރު އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑުން އޮތީ އެކުއިޒިޝަން ކޮސްޓަށް 2.7 މިލިއަން ޑޮލަރު ވެސް ދައްކައިފަ އެވެ. އެ ރަށް އެ ކުންފުންޏާ ކުރީގެ ސަރުކާރުން ހަވާލުކުރީ ޖުލައި 5، 2023، ގަ އެވެ. އެއީ ސެއިންޓް ރެޖިސްއަކީ މެރިއަޓް ހޮޓެލްސްގެ ދަށުން ހިންގާ ކުންފުންޏެވެ. މާދެލީގެ އެކުއިޒިޝަން ކޮސްޓު ވެސް އެސްއޭއެ