މިދިޔަ މަހުުގެ ތެރޭގައި ޗީފް އޮފް ޑިފެންސް ފޯހުގެ މަގާމުން ރިޓަޔަކުރެއްވި އަބްދުއްރަހީމް އަބްދުއްލަތީފަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފައި ވަނިކޮށް އޭނަ ސަފީރެއްގެ މަގާމަށް އައްޔަން ކުރަން ނިންމައިފި އެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އަބްދުއްރަހީމް އައްޔަން ކުރަން ނިންމާފައި ވަނީ ތުރުކީ އަށް ރާއްޖެ އިން ކަނޑައަޅާ ސަފީރުގެ މަގާމަށެވެ. އެގޮތުން އޭނަ އަށް ރުހުން ހޯދަން މަޖިލީހަށް ވަރަށް އަވަހަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.
Ambassador at Large Dr Ali Naseer Mohamed and Minister of State Lt. Gen. Abdul Raheem Abdul Latheef (Rtd.) meets @GuardMontana Adjutant General Maj. Gen. John Peter Hronek II and @USinMaldives Ambassador Hugo Yon. Discussed broader Maldives-US security partnership & cooperation. pic.twitter.com/0N5YelzoeJ
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 6, 2024
އުމުރުން 60 އަހަރުވުމާ ގުޅިގެން އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ. އޭނަ ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ ފެބްރުއަރީ 18، 1985 ގަ އެވެ.
ތުރުކީގެ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރަން ނިންމާފައިވާ އިރު، އެ ގައުމުގައި އަލަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވެސް ސަރުކާރުން އޮތީ ނިންމައިފަ އެވެ. އެކަން ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސްކަމުގެ ހުވާލުކުއްވުމަށް ފަހު، ރައީސް މުއިއްޒު ރާއްޖެ އިން ބޭރަށް އެންމެ ފުރަތަމަ ކުރެއްވި ދަތުރުގެ ގޮތުގައި ތުރުކީ އަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.