ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވާން އެދިއްޖެ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ރާއްޖެ އިން ބޭރުގެ ނަންބަރުތަކެއް ބޭނުންކޮށްގެން ވަޓްސްއަޕް ކޯލްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް ފުލުހުންގެ އިދާރާ އިން ރާއްޖެއިން ބޭރުގެ ނަންބަރެއް ބޭނުންކޮށްގެން އެއްވެސް މީހަކަށް ނުގުޅާނެ ކަމަށް ވިދާޅުވި އެވެ.
އެހެންވެ އެފަދަ ސްކޭލް ކޯލްތަކަށް ސަމާލުވާން އިލްތިމާސް ކުރައްވާފައިވެ އެވެ.
ރާއްޖޭގައި މި ފަހަކަށް އައިސް އެކިއެކި އިދާރާތަކުގެ ނަމުގައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުން މަސައްކަތް ކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.