ޗައިނާގެ ހޮސްޕިޓަލެއްގެ ތެރޭގައި ވަޅިން ހަމަލާ ދީ ދެ މީހަކު މަރާލައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިންގާފައި ވަނީ ޔުނާން ޕްރޮވިންސްގެ ޒެންޝިއޯން ޕީޕަލްސް ހޮސްޕިޓަލްގަ އެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ހޮސްޕިޓަލްގެ ތެރޭގައި ހަމަލާ ދިނީ ދެ އަތުން ދެ ވަޅި ގެންގުޅު މީހެއް ކަމަށާއި އޭނަ ދިން ހަމަލާތަކުގެ ސަބަބުން 23 މީހަކަށް އެކި ވަރުގެ އަނިޔާތައްވެގެން ހޮސްޕިޓަލްގައި މިހާރު ފަރުވާ ވެސް ދެމުން އަންނަ ކަމަށެވެ.
ހަމަލާދިން މީހާ ނިސްބަތް ވަނީ ޒެންޝިއޯންގެ ޕޯޖީ އަވަށަށް ކަމަށާއި އޭނަ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަބްނަ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.