ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް މިދިޔަ އަހަރު ފާސްކުރި ހެއްކާ ބެހޭ ގާނޫނު ބަދަލު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މަރުހަބާ ކިޔައިފި އެވެ.
އެމްޖޭއޭން ބުނީ ނޫސްވެރިން ސަރުކާރުން މެޖޯރިޓީ އޮޮންނަ ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ށަހަޅަން ކަމަށް ސަރުކާރުން ނިންމުމަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އެހެންޗެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ދެލިކޮޕީއެއް އެކުލަވާލުމުގައި އެ ޖަމިއްޔާގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ދޭނެ ކަމަށް އެމްޖޭއީން ބުންޏެވެ.
"ނޫސްވެރިންނަށް ފަހިވާނެ ގޮތަށް އެ އިސްލާހުގެ މަސައްކަތް އަވަސްކޮށް ނިންމައި ގާނޫނަކަށް ވެގެން އަންނާނޭ ކަމަށް މި ޖަމިއްޔާއިން އުންމީދުކުރަން." އެމްޖޭއޭ އިން ބުންޏެވެ.
މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ބިލް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީ މީޑިއާތަކާއި ނޫސްވެރިން ވެސް އެ ބިލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ.
މި އަހަރުގެ މިނިވަން ނޫސްވެރިކަމުގެ ދުވަސް މި މަހުގެ 3 ގައި ފާހަގަކުރި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރުނު "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ރާއްޖެ ވަނީ ނޫސްވެރިކަމުގައި ހަ ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ.