ރާއްޖޭގައި ތެލަސީމިއާ ބަލި ކޮންޓްރޯލް ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ތެލަސީމިއާ ދުވަހާ ގުޅުވައި މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ތެލަސީމިއާ ބަލީގެ މީހުންނަށް ބޭނުންވާ ފަރުވާ އާއި އެހީތެރިކަން ހަމަހަމަކޮށް ފޯރުކޮށް ދިނުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ.
"އަދި މި ބަލިން ރައްކާތެރިވުމާއި ބައްޔާ ގުޅޭ ކަންކަން މެނޭޖްކުރުމާއި ބަލި ކޮންޓްރޯލްކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތުގައި ސާބިތުވެ ތިބޭނަން." މިނިސްޓަރު ވިދާޅުވި އެވެ.
Today is International Thalassemia Day. On this day, we emphasize equitable and accessible treatment for all affected. Our government stands committed to preventing, controlling, and managing Thalassemia, ensuring every individual's right to quality healthcare. pic.twitter.com/wufXxzhlsy
— Abdulla Khaleel (@abkhaleel) May 8, 2024
މިނިސްޓަރު ވިދާޅުވީ ތެލަސީމިއާ ބަލީގެ މީހުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ފަރުވާ ވެސް ސަރުކާރުން ކަށަވަރުކޮށް ދޭނެ ކަމަށެވެ. މި ސަރުކާރުން ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ތެލެސީމިއާ ބަލީގެ މީހުންނަށް ބޭންވާ ބޯންމެރޯ ޓްރާންޕްލާންޓް އަހަރު 10 ފުރުސަތު ދޭން ނިންމައިފަ އެވެ. މިކަން ކުރިއަށް ގެންދަން ނިންމާފައި އޮތީ ޒަކާތު ފަންޑުންނެވެ.
ރާއްޖޭގައި ތެލަސީމިއާ ހޮސްޕިޓަލެއް ވެސް ހަދަން އޮތީ ނިންމައިފަ އެވެ.
މި ސަރުކާރުން ވަނީ ތެލަސީމިއާ ޓެސްޓްކުރަން ހަދާ ޑީއެންއޭ ޓެސްޓް ވެސް އާސަންދަ މެދުވެރިކޮށް ޝީ އިން ހިލޭ ހެދޭގެ މަގު ވެސް ފަހިކޮށް ދީފަ އެވެ.
ރާއްޖޭގެ ތެލެސީމިއާ ހާލަތައް ބަލާ އިރު 952 ކުއްޖަކު ރަޖިސްޓްރީކޮށްފައިވެ އެވެ. މީގެތެރެއިން މިވަގުތު ދުނިޔޭގައި ތިބީ މީގެތެރެއިން 660 ކުދިންނެވެ.