ކ. ފޭދޫފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓް ދުސިތު ހޮޓެލް އެންޑް ރިސޯޓްސް އިން ހިންގާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ވެލާނާ އެއާޕޯޓުން ލޯންޗެއްގައި ފުރައިގެން ފަސްވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮތް ފޭދޫފިނޮޅުގައި ޕާލް އެޓޯލް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކުރާ 125 ކޮޓަރީގެ ރިސޯޓު ހިންގުމުގެ އެއްބަސްވުމުގައި ދެ ކުންފުނިން މިހާރު ވަނީ ސޮއި ވެސް ކޮށްފަ އެވެ.
ދުސިތުގެ އަޕްސްކޭލް ބްރޭންޑު، ދުސިތުޑީ2 ބްރޭންޑުގެ ދަށުން ހިންގަން ހަމަޖެހިފައިވާ ރިސޯޓު ހުޅުވަން ނިންމާފައި ވަނީ މިއެ ރިސޯޓު ވާނީ އެ ކުންފުނިން ހިންގާ ފުރަތަމަ އޯލް އިންކުލޫސިވް ޕްރޮޕަޓީއަށެވެ.
ދުސިތުޑީ2 ފޭދޫ މޯލްޑިވްސް އަކީ ދުސިތު އިން ރާއްޖޭގައި ހިންގާނެ ދެވަނަ ރިސޯޓަށެވެ. އެ ކުންފުނިން މިހާރު އަންނަނީ ބ. އަތޮޅު މުއްދޫގައި ދުސިތު ތާނީ މޯލްޑިވްސް ހިންގަމުންނެވެ.