އައްޑޫ ސިޓީގައި މި ދުވަސްވަރު ޑެންގީ ހުންޖެހޭ މިންވަރު އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން އިލްތިމާސްކޮށްފި އެވެ.
އޭއީއެޗުން ބުނީ މި ދުވަސްވަރު އައްޑޫގައި ޑެންގީހުން ޖެހޭ މިންވަރު އިތުރުވަމުންދާތީ ރައްޔިތުން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. ޑެންގީއިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މަދިރި އާލާވާ ތަންތަން ނައްތާލުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ޚާއްސަ ސަމާލުކަމެއް ދެއްވުމައް!
މިދުވަސްވަރު އައްޑޫސިޓީގައި ޑެންގީހުން ޖެހޭ މިންވަރު އިތުރުވަމުންދާތީ ރައްޔިތުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ. ޑެންގީއިން ރްއްކާތެރިވުމަށް އަލަންޖެހޭ ފިޔަވަޅުތައް އަޅައި، މަދިރި އާލާވާ ތަންތަން ނައްތާލަމާ! pic.twitter.com/CBPtptQtzm— Addu Equatorial Hospital (@aeh_mv) May 8, 2024
ހޮސްޕިޓަލުން ވަނީ ޑެންގީ ހުމުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމާއި ބަލިޖެހިއްޖެ ނަމަ އަމަލު ކުރާނެ ގޮތްތަކުގެ އިރުޝާދުތަކެއް ވެސް ދީފަ އެވެ. ޑެންގީ ހުމަކީ މަދިރީގެ ޒަރީރާ އިން ޖެހޭ ބައްޔަކަށްވާތީ މަދިރި އާލާފާ ވަދަ ގޮތްގޮތަށް އަމަލު ނުކުރަން އޭއީއެޗުން އިރުޝާދު ދީފައިވެ އެވެ. އެގޮތުން ފެން އެޅޭ ގޮތަށް ފުޅި ފަދަ ތަކެއް އުކައިނުލުމަށާއި މަދިރިން ރައްކާތެރިވުމުގެ ގޮތިން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމުގެ އިތުރަށް މޮސްކިޓޯ ރެފެލެންޓް ފަދަ ތަކެތި ބޭނުން ކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަންގަނޑުގައި ކުދި ރަތްބިހިތަކެއް ނެގުން ހިމެނެ އެވެ.
އޭއީއެޗުން ބުނީ މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ވީހާ ވެސް އަވަހަކަށް ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ ލަފަ އާއި އިރުޝާދު ހޯދުން މުހިއްމު ކަމަށެވެ.