Last Updated: November 21, 22:11
Thursday, November 21, 2024
ޚަބަރު

ނޫރައިންގެ އިންޓަވިއު އަށް ހުސް ތައުރީފު

ގިނަ ބައެއްގެ މަލާމާތް މިހާރު އެންމެ ބޮޑަށް އަމާޒުވެފައިވާ އެކަކީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލެވެ. އޭނަ އަށް "ކޮށައިމަށައިގެން ވެސް" ރަނގަޅަށް އިނގިރޭސި ބަހުން އެއްޗެއް ނޭނގޭ ކަމަށް ބުނެ އެތައް ބަޔަކު ބުނެ އެވެ.
އެހެންވެ ރާއްޖޭގެ އިގުތިސާދު އެ ދާއިރާއަކަށް ބަރޯސާވެފައިވާ ޓޫރިޒަމް ދާއިރާގެ އެންމެ އިސް ވެރިޔާގެ މަގާމަށް ފައިސަލް ކުފޫ ހަމަނުވާ ކަމަށް ބުނާ މީހުން ވަރަށް ގިނަ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ފައިސަލް ބަހައްޓައިގެން ރާއްޖެ އަށް އޮތީ ހުސް ލަދު ކަމަށް ދެކޭ މީހުން ނަޒުގައި އެ މަގާމުގައި ހުންނަން ވާނީ ރީތިކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކަވަން އެނގިވަޑައިގަންވަނާ ފެންވަރުގެ ބޭފުޅެކެވެ. ސަަބަބަކީ މިއީ މުޅި ދުނިޔެއާ ރާއްޖެ ގުޅުވައިދޭ އެންމެ ބޮޑު ސިނާއަތަށްވާތީ އެވެ.

އަދި ޓޫރިޒަމް މިނިސްޓަރަކީ އެ ދާއިރާ ތަމްސީލުކޮށް ދެއްވާ ރާއްޖޭގެ މޫނުމަތި ކަމަށްވާތީ ޓޫރިޒަމް މިނިސްޓަރަކީ "ފެންވަރު" ގެ ބޭފުޅަކަށް ވާނެ ޖެހެ އެވެ.

ފައިސަލަށް ފާޑުކިޔުން އަމާޒުވެފައި ވަނީ އެ ފެންވަރު ނެތުމުން ކަމަށް ދެކޭ މީހުން ގައިމު ވެސް މަދެއް ނޫނެވެ.

މި ވާހަކަ އެއްފަރާތްކޮށް މި ފަހަރު ދައްކަން ޖެހިފައި އޮތީ "ފެންވަރު" ގެ ބޭފުޅެއްގެ ވާހަކަ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރާ މައިގަނޑު ޒިންމާ ނަގާ ކުންފުނި، އެމްއެމްޕީއާރްސީގެ ޗެއާޕާސަން އައިޝަތު ނޫރައިން ޖަނާހްގެ ވާހަކަ އެވެ.

މިދިޔަ ހަފުތާގައި ދުބާއީގައި ބޭއްވި ވޯލްޑް ޓްރެވެލްސް އެވޯޑްގެ ހަވާސާގެ ތެރެއިިން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ނޫރައިން އިނގިރޭސި ބަހުން ވާހަކަ ދެއްކެވިލެއް ޗާލުކަމާއި ފަރިތަކަމު ގިނަ ބަޔަކު މިހާރު އަންނަނީ ވާހަކަ ދައްކަމުންނެވެ. އެވެ. އެ އިންޓަވިއުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށް، ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ފައިސަލާއި ނޫރައިންގެ ވާހަކަ ދެކެއްވުމުގައި ހުރި ފަރަގު ވެސް ފާހަގަކުރަމުންނެވެ.

އެ އިންޓަވިއުގައި ނޫރައިން ވާހަކަ ދެއްކެވިލެއް ވަރަށް ވެސް ރީއްޗެވެ. އެ އިންޓަވިއު ނުބަލައި، އަޑު އަހައިފި ނަމަ އެއީ ދިވެއްސަކު އިނގިރޭސި ބަހުން ވާހަކަ ދައްކާ އަޑު ކަމަށް ގަބޫލުކުރަން ދަތި ވެސް ވެދާނެ އެވެ. ނަމަވެސް ނޫރައިންގެ އިންޓަވިއުގައި ދައްކުވައި ދިނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަމްސީލުކޮށްދޭން މަސައްކަތް ކުރާ ބައެއްގެ ފެންވަރާއި ގާބިލުކަން ކިހާ މުހިއްމުކަން ކަމެވެ

ނޫރައިން އަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނަ އިރު، ބައެއް މީހުން ބުނެފައި ވަނީ އޭނަ އަށް ރީތިކޮށް އިނގިރޭސި ބަނުން ވާހަކަ ދައްކަން އެނގިވަޑައިގަންވަނީ ރާއްޖެ އިން ބޭރުގައި އުޅެބޮޑުވެފައިވާތީ ކަމަށެވެ. މިހާތަނަށް ނިއު ޒީލެންޑްގައި ދިރިއުޅުން ބިނާވެފައި އިތް ނޫރައިން އަކީ ނޫރައިން އަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ދަރިކަނބަލެކެވެ.