Last Updated: September 8, 06:07
Sunday, September 8, 2024
ވިޔަފާރި

ޕާނުން މީދާ ފެނިގެން ބަދަލު ދޭން ޖެހިއްޖެ!

ޖަޕާންގެ މަޝްހޫރު ޕާން ބްރޭންޑެއް ކަމަށްވާ "ޕާސްކޯ" ގެ ޕާންތަކެއްގެ ތެރެއިން މީދަކުގެ ބައިތަކެއް ފެނިގެގެން، ބާޒާރުން އެ ނަގައި ބަދަލު ދޭން ޖެހިއްޖެ އެވެ.

މީޑިއާތަކުން ބުނީ ބަޔަކު ބާޒާރުން ގަތް "ޕާސްކޯ" ބްރޭންޑްގެ ޕާނުގެ ތެރެއިން މީދަލުގެ ބައިތަކެއް ފެނިގެން ރިޕޯޓްކުރުމާ ގުޅިގެން މިހާތަނަށް 104،000 ޕާން މާކެޓުން ނަގާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ޕާސްކޯ ޝިކިޝިމާ ކޯޕަރޭޝަނުން ބުނީ މިހާތަނަށް ދެ ޕާނެއްގެ ތެރެއިން މީދަލުގެ އަސަރު ފެނިފައިވާ ކަމަށެވެ. އެކަމަކު އެ ބެޗްގެ ޕާން ކައިގެން އެއްވެސް ބަޔަކު ބަލިވިމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ބުންޏެވެ.

ޓޯކިއޯގެ ފެކްޓަރީއެއްގައި ފިހާ ޕާނުން ވައިޓް ބްރެޑުން މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން މިހާރު ވަނީ ޕާން ތައްޔާރު ކުރުން ވަގުތީ ގޮތުން މެދު ވެސް ކަނޑާލައިފަ އެވެ. މިކަމާ ގުޅިގެން ޕާސްކޯ އިން މާފަށް އެދި ނެރުނު ބަޔާނެއްގައި ބުނީ މައްސަލަ ދިމާވި ބެޗްގައި ހިމެނޭ ޕާން ގަތް ކަސްޓަމަރުންނަށް އަނބުރާ ފައިސާ ވެސް ދޭން ނިންމާފައިވާ ކަމަށެވެ. އެހެންވެ އޮންލައިންކޮށް އެކަމަށް އެޕްލައި ކުރުމުން ރިފަންޑް ދޭނެ ކަމަށް ބުންޏެވެ.

"ޕާސްކޯ" ބްރޭންޑްގެ ޕާނަކީ ޖަޕާނުގައި އާންމުން އެންމެ އާންމުކޮށް ބޭނުންކުރާ ބްރޭންޑެވެ. މި ބްރޭންގެ ޕާން ބައެއް ގައުމުތަށް ބޭރު ވެސް ކުރެ އެވެ. އޭގެ ތެރޭގައި ޗައިނާ، ސިންގަޕޫރް އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.