މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތިގައި 11 ބިލިއަނަށް ވުރެ ބޮޑު އަދަދެއް ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާންމުކުރި އާމްދަނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 3.7 ޕަސެބްޓްގެ ކުރިއެރުމެކެވެ. ފިނޭންސްގެ ވީކްލީ ފިސްކަލް ރިޕޯޓު ދައްކާ ގޮތުގައި މިދިޔަ މަސް އިރު، މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގެ އާމްދަނީ އަކީ 10.7 ބިލިއަން ރުފިޔާ އެވެ.
އާމްދަނީގެ ގޮތުގައި ލިބިފައިވާ ޢަދަދުގެ ތެރޭގައި ހިމެނެނީ ޓެކްސްތަކަށް ލިބުނު 9.2 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 1.8 ބިލިއަން ރުފިޔާގެ އިތުރުން އެހީގެ ގޮތުގައި ލިބުނު 51.6 މިލިއަން ރުފިޔާ އެވެ. ޓެކްސް ޢާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓް ޑިއުޓީ އާއި ބީޕީޓީގެ އިތުރުން ޖީއެސްޓީ އެވެ.
ޓެކްސް އާމްދަނީގެ އަިދަދުތައް:
* އިމްޕޯޓް ޑިއުޓީ އަށް 700 މިލިއަން ރުފިޔާ
* ބީޕީޓީ އަށް 2.6 ބިލިއަން ރުފިޔާ
* ޖީއެސްޓީ އަށް 5.1 ބިލިއަން ރުފިޔާ
* ގްރީން ޓެކްހަށް 374.8 މިލިއަން ރުފިޔާ
* އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްހަށް 348.5 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް ހުރީ 12.6 ބިލިއަން ރުފިޔާގައި ކަމަށެވެ. އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދަށް 15.8 ބިލިއަން ރުފިޔާ ހޭދަވި އެވެ.
ހަރަދުތަކަށް ބަލާ އިރު ރިކަރަންޓް ޚަރަދަށް 9.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދަށް 2.8 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެއެވެ.