ފުލުހުން ތަހުގީގުކުރާ މަކަރާ ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފައިވަނީ އުމުރުން 24 އަހަރުގެ އަލީ މިޤްދާދު، ލ. ކަލައިދޫ / ތެމާ އެވެ.
ފުލުހުން ވަނީ، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 24 ވަނަ ދުވަހުގެ 15:00 އަށް ހާޒިރުވުމަށް އަންގާފައެވެ.
މައްސަލަތަކުގެ ތަހުގީގަށް މީހުން ހޯދަން އިއުލާނު ކުރަނީ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ފަރާތްތަކުގެއެވެ. މިގޮތަށް އިއުލާނުކުރަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.