Last Updated: January 16, 22:08
Thursday, January 16, 2025
ޚަބަރު

އައިވީއެފް ހަދަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

ދަރިމައިވުމަށް ހޯދާ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައިވީއެފާއި އައިޔޫއެމްގެ ފަރުވާ އާސަންދަ މެދުވެރިކޮށް ހެދުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމަށް ހުޅުވާލި މުއްދަތު އިތުރު ކޮށްފިއެވެ.

އެންސްޕާ އިން ބުނެފައިވަނީ އައިވީއެފް ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި 31 ޖުލައި 2024 ގެ 14:00 ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން 15 މޭ 2024 ގެ ނިޔަލަށް ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، "އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް މި އުސޫލުގައި ބަޔާންކުރެވިފައިވާގޮތަށް އެހީ ހަމަޖައްސާދެވޭނެކަމަށްވެސް ބުނެފައިވެއެވެ.

މިކަމަށް އެދޭ ފޯމް އާސަންދަ aasandha.mv އާއި އެންސްޕާ nspa.gov.mv ގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. އަދި އާސަންދަ ޑިޖިޓަލް ޕޯޓަލް my.aasandha.mv މެދުވެރިކޮށް ފަސޭހަކޮށް ފޯމް ހުށަހެޅޭނެއެވެ.