ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލައިފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފީކޯ އަވަހާރަކޮށްލަން ދިން މި ހަމަލާގައި އޭނާގެ ގަޔަށް އެކި ފަހަރުމަތިން ވަނީ ބަޑި ޖަހައިފަ އެވެ. އެގޮތުން ބަޑީގެ ހަމަލާތައް ފީކޯގެ ބަނޑާއި އަތަށް އަދި ފަޔަށް އަމާޒުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ބޮޑުވަޒީރު މިވަގުތު އޮތީ ފުރާނައަށް ނުރައްކާ ހާލަތެއްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބޮޑުވަޒީރު ފީކޯގެ ގަޔަށް ބަޑި ޖެހި މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
މި ހަމަލާދިނީ ހެންޑްލޯވާ ސިޓީގައި ބޭއްވި ސަރުކާރުގެ ބައްދަލުވުމަކަށްފަހު ވަޑައިގެންނެވި ވަގުތު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިއީ ފީކޯ ބޮޑުވަޒީރުގެ މަގާމު އަދާ ކުރައްވާ ތިން ވަނަ ދައުރެވެ. އޭނާ އަކީ ވަރަށް ބޮޑަށް އެމެރިކާގެ ސިޔާސަތުތަކާ ދެކޮޅު ފަރާތެކެވެ.