ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވައި ގަދަވެ، ކަނޑު ވެސް ގަދަވާނެ ކަމަށް ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި އެެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެއީ ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 2:30 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ގަޑިއަކު 25-30 މާލޭ ދެމެދު ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ގަދަވެ، ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރުނު އިރު، މުޅި ރާއްޖެ އަށް ވެސް ވައި ގަދަވާނެ ކަމަށް ލަފާކޮށް ކުރިން އޮތީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެއީ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:30 އާ ހަމައަށެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ވެސް ކުރަމުންނެވެ.