މި އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި އެތުލީޓުގެ ޝަރަފާއެކު މާލެ އައުމުން ދީމާ އަލީ އަށް މިއަދު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ސްރީ ލަންކާގެ ބަންޑާރަ ބިމަންޑީއާ ބަލިކޮށް، ޕެރިސް އޮލިމްޕިކްސް އަށް ރާއްޖޭގެ ޒުވާން ޓީޓީ ތަރި ދީމާ ކޮލިފައިވީ މިދިޔަ ހަފުތާގަ އެވެ.
ޖުލައިގައި ޕެރިހުގައި ފަށަން ހަމަޖެހިފައިވާ އޮލިމްޕިކްސް އަށް ރާއްޖޭގެ ޒުވާން ޓީޓީ ތަރި ދީމާ ކޮލިފައިވުމާ ގުޅިގެން މިކަންވެފައި ވަނީ ދީމާވެފައި ވަނީ އޮލިމްޕިކްސް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓަށެވެ.
ނޭލާލުގައި އޮތް ކޮލިފިކޭޝަނަށް ފަހު ދީމާ މާލެ އައީ މިއަދު މެންދުރު އެވެ. އޭނަ އަށް މަރުހަބާ ކިޔަން މިއަދު މެންދުރު ފަހު ޔޫތު ސެންޓަރުގައި ވެސް އިވެންޓެއް ބާއްވާފައިވެ އެވެ.
ދީމާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓެކެވެ.