ދިރާސީ އާ އަހަރު ފަށަން ގާތްވަމުން އަންނަ އިރު، ސްކޫލްތަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޯރުކޮށް ދިނުމުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ ހަލުވިކޮށް ކުރިއަށްދާ އިރު، ސްކޫލްތައް ހުޅުވެންވާ އިރަށް މި މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ. ނަމަވެސް މިއީ މޫސުން ވަރށް ބޮޑަށް ގޯސް ދުވަސްވަރަކަށްވާތީ ރަށްރަށަށް ފޮތްތައް ފޮނުވުމުގަައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ މި މަހުގެ 26 ގަ އެވެ.
ދަރިވަރުން 2022-2023 ގެ ދިރާސީ އަހަރު ނިންމާލައި ބޮޑު ޗުއްޓީ އަށް ދިޔައީ މިދިޔަ މަހުގެ 30 ގަ އެވެ.