ރާއްޖެ ސަރަހައްދުގެ މޫސުން އިތުރަށް ގޯސްވެ ބޯޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ. އެ ސަރަހައްދަށް އެލާޓް ނެރެފައިވަނީ ހެނދުނު 10:30 އިން މެންދުރު 14:30 އަށެވެ.
އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
Alert Yellow is extended over the same area. pic.twitter.com/wZbZwb7fZU
— Maldives Meteorology (@MetMaldives) May 19, 2024
ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު އެކި ހިސާބުތަކަށް އަންނަނީ މޫސުމީ އެލާޓްތައް ނެރެމުންނެވެ. މި ވިއްސާރާގައި ރާއްޖޭގެ އެކި ރަށްރަށަށް އަންނަނީ އެކި ވަރުގެ ގެއްލުންތައް ލިބެމުންނެވެ.