Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ހޮންޑާ ފްލޭޝް ޑީލް: ސަޅި ޑިސްކައުންޓެއް

ރާއްޖޭގެ ހޮންޑާއިން "ފްލޭޝް ޑީލް" ގެ ނަމުގައި 4 މޮޑެލްއެއްގެ ސައިކަލުން ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިމަހުގެ 18 އިން ޖޫން މަހުގެ 18 އަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން، ރާއްޖޭގެ ހޮންޑާއިން ވިއްކަމުންދާ މަޤްބޫލު ހަތަރު މޮޑެލްއެއް ގަންނަ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓު ލިބޭނެއެވެ. އެގޮތުން ޑިސްކައުންޓް ލިބޭ މޮޑެލްތަކުގެ ތެރޭގައި

– އެއާ ބްލޭޑް 125 ބްލެކް އެޑިޝަން
– އެއާ ބްލޭޑް 160 ސްޕެޝަން އެޑިޝަން
– އެއާ ބްލޭޑް 160 ބްލޫ
– ވިޝަން 110 ގެ ހުރިހާ ކުލައަކުން ޑިސްކައުންޓް

މި ސައިކަލުތައް އެއްކޮށް ފައިސާ ދައްކާ ގަންނަ ފަރާތްތަކަށް ޑިސްކައުންޓު ދޭއިރު، ކަސްޓަމަރުންގެ މެދުގައި މަޤުބޫލު ޒީރޯ ފައިނޭންސް ޗާޖް ޕެކޭޖްވެސް މި ސައިކަލުތަކައް ލިބޭނެއެވެ. މި ޙާއްސަ އިންސްޓޯލްމެންޓް ޕެކޭޖްތަކުގެ ދަށުން 50 ޕަސެންޓް ޑައުންޕޭމެންޓް ދައްކައިފި ނަމަ، ބާކީ 12 މަސް ދުވަހަށް އިންސްޓޯލްމެންޓް އެއްވެސް ފައިނޭންސް ޗާޖެއް ނާރާ ގޮތަށް ބަހައިލެވޭނެ އެވެ.

އަދި އިންސްޓޯލްމެންޓް ހާއްސަ ޕެކޭޖްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ފައިނޭންސިން މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.

ރާއްޖޭގެ ހޮންޑާ އައުޓްލެޓްތައް މާލެ އާއި ހުޅުމާލޭގެ އިތުރުން އައްޑޫ، ފުވައްމުލައް، ލ. ގަން، ގއ. ވިލިނގިލި އަދި ކުޅުދުއްފުށި ސިޓީގައި ހުރެއެވެ. މި ހުރިހާ އައުޓްލެޓަކުންވެސް ޕްރޮމޯޝަންގެ ދަށުން ސައިކަލު ބައްލަވައިގަނެވޭއިރު، އައުޓްލެޓްތަކުން ހޮންޑާ ބްރޭންޑުގެ އެންމެ ފަހުގެ މޮޑެލްތަކުގެ ސައިކަލުތައް ލިބޭނެ އެވެ. ރާއްޖޭގެ ހޮންޑާއިން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކާއި އެންމެ ފަހުގެ ސައިކަލުތަކުގެ މައުލޫމާތު 33HONDA އަށް ގުޅައިގެން ހޯދޭނެ އެވެ.