ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި ރިވެތި އަޚްލާގާއި މަޑުމައިތިރި މިޒާޖު ކަމަށް އެ މަނިކުފާނުގެ ހާއްސަ މުޝީރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ހަ މަސްވެފައިވާތީ އެކަން ފާހަގަކުރައްވައި އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ވެރިއެއްގެ ފަރާތުން ރައްޔިތުން ދެކެން ބޭނުންވާނެ އެންމެ މުހިންމު ސިފަ އަކީ ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ މާތް ސިފަ ކަމަށެވެ.
"އެ ސިފަ ހަގީގީ މާނައިގައި ވެރިއެއްގެ ފަރާތުން ފެންނަން ފެށުމުން ރައްޔިތުންގެ ގަދަރާ އިޙްތިރާމް އެ ވެރިއަކަށް ލިބެމުން ދާނެ،" އަދުރޭ ވިދާޅުވި އެވެ. "ރައްޔިތުންގެ ހުސްވުމެއް ނެތް ލޯބި ދާނީ އެ ވެރިޔަކަށް އޮހެމުން. އެ މަންޒަރު ވާދަވެރިންނަށް ފެނުމުން ޙަސަދަވެރިކަން ހައްދު ފަހަނައަޅާދާނެ."
ވެރިއެއްގެ ފަރާތުން ރައްޔިތުން ދެކެން ބޭނުންވާނެ އެންމެ މުހިންމު ސިފަޔަކީ ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ މާތް ސިފަ.އެ ސިފަ ހަގީގީ މާނައިގައި ވެރިއެއްގެ ފަރާތުން ފެންނަން ފެށުމުން ރައްޔިތުންގެ ގަދަރާ އިޙްތިރާމް އެ ވެރިއަކަށް ލިބެމުންދާނެ.ރައްޔިތުންގެ ހުސްވުމެއްނެތް ލޯބިދާނީ އެ… pic.twitter.com/4yulrKKtAS
— Abdul Raheem Abdulla (@Banafsaa) May 19, 2024
އޭނަ ވިދާޅުވީ އެ މަންޒަރު ވާދަވެރިންނަށް ފެނުމުން ޙަސަދަވެރިކަން ހައްދު ފަހަނައަޅާދާނެ ކަމަށާއި އެއީ ދުނިޔެ ދައްކާ ޙަގީގަތް ކަމަށެވެ.
"ފެންނަމުން މި ދަނީ އެކަން. ރައީސް ޑރ. މުޢިއްޒުގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ އެ މަނިކުފާނުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން އަދި ރިވެތި އަޚްލާގާއި މަޑުމައިތިރި މިޒާޖު." އަދުރޭ ވިދާޅުވި އެވެ.