މޫސުން ގޯސްވުމުގެ ސަބަބުން އަނެއްކާވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމީ އެލާޓްތައް މެޓް އޮފީހުން ނެރެފިއެވެ.
އެގޮތުން މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހދ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ 09:30 އިން ފެށިގެން މެންދުރު 13:30 އާ ހަމައަށެވެ. މެޓް އޮފީހުން ބުނެފައިވަނީ އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ސަރަހައްދަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އެގޮތުން އެ ސަރަހައްދަށް އެލާޓް ނެރެފައިވަނީ 09:30 އިން މެންދުރު 13:30 އާއި ހަމައަށެވެ. މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިހުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު އެކި ހިސާބުތަކަށް އަންނަނީ މޫސުމީ އެލާޓްތައް ނެރެމުންނެވެ. އަދި ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އިލްތިމާސް ކޮށްފައެވެ.