މާލޭގައި ރޭ މަގެއް މާރާމާރީއެއް ހިންގި ބަޔަކު ހައްޔަރުކޮށްފި އެވެ.
ސޯޝަލް މީޑީއާގައި ވެސް އެ މާރާމާރީގެ ވީޑިއޯ އާންމުވެފައިވާ އިރު، އޭގައި ފެންނަނީ މަޖީދީ މަގުގައި ދެ މީހަކު މާރާމާރީ ހިންގައި ހަޑިހުތުުރު ބަހުން ވާހަކަ ދައްކާ ތަނެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މާރާމާރީ ހިންގި މައްސަލަގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
މާލޭފައި މާރާމާރީ ހިންގުން އާންމު ކަމަކަށްވެފައިވާ އިރު، މީގެ ދެ ރެއެއް ކުރިން ކުލަ ހެދުމުގައި އުޅުނު ފުލުހުންތަކަކަށް ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި ތިން މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.