Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ގައު ހުދުވާތީ އީޕީއޭ އިން ސާވޭއެއް ހަދަނީ

ގާ ހުދުވާ މިންވަރު ދެނެގަތުމަށް އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ސާވޭއެއްގެ މަސައްކަތް ފަށައިފި އެވެ.

އެތަނުން ބުނީ ސާވޭ ފަށާފައި މި ވަނީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ގާ ހުދުވުމުގެ މައްސަލަ މި ދުވަސްވަރު ބޮޑުވެފައި ވަނިކޮށެވެ. ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވަމުންދާތީ ބީޗް ނަރިޝްމަންޓާއި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތައް މަޑުޖައްސާލުމަށް ވެސް އީޕީއޭ އާއި މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ އަންގައިފަ އެވެ.

ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1998 ވަނަ އަހަރު އެވެ. އޭގެ ފަހުން 2016 ގައި ވެސް ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ދިމާވެފައިވެ އެވެ. އެ ފަހަރު ރާއްޖޭގެ ވެށީގައި ހުރި މުރަކާ އާއި ގަލުގެ 73 ޕަސެންޓް ހުދުވި އެވެ.

ރާއްޖޭގައި ފަރުތަކުގައި ހުންނަ ގާ ހުދުވި ނަމަވެސް ރާއްޖޭގެ ފަރުތައް އަލުން އިއާދަވުން އަވަސް ކަމަށާއި އެކަމަކު އިންސާނުންގެ އަމަލުތަކުގެ ސަބަބުން ފަރުތައް އިއާދަވުން ލަސްވެދާނެ ކަމަށް އިދާރާތަކުން ބުނެ އެވެ.