ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ހުސައިން ޝިފާޒު ސަސްޕެންޑްކޮށްފި އެވެ.
ނަމަވެސް އޭނަ ސަސްޕެންޑުކުރި ސަބަބެއް ސާފެއް ނުވެ އެވެ.
މި ސަރުކާރުން ސަސްޕެންޑްކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރުންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ސޯޝަލް މީޑިއާގެ ފުރައްސާރަކުރި މައްސަލައިގައި ސަސްޕެންޑްކުރި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާގެ އިތުރުން މަހުޒޫމް މާޖިދު ހިމެނެ އެވެ.
އެ ތިން މީހުން ސަސްޕެންޑްކުރީ ޖެނުއަރީ މަހު ކުރީކޮޅު އެވެ.