ކ. މާފުށީ ކައުންސިލުން އެ ރަށު ސްކޫލް އޭސީކޮށް ދޭން ނިންމައި އެކަމުގެ އެެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މާފުށީ ސްކޫލް އޭސީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ކައުންސިލްފެ ލޯކަލް އޮތޯރިޓީ ކޮމްޕެނީންނެވެ. އެގޮތުން ސްކޫލްގެ ސްކޫލުގެ ހުރިހާ ކުލާސްރޫމްތަކާއި ހޯލު އޭސީ ކުރަން ވަނީ ނިންމައިފަ އެވެ. މިކަމަށް 79 އޭސީ ބޭނުންވާނެ ކަމަށް މާފުށީ ކައުންސިލުން ބުންޏެވެ. އަދި މިކަމަށް މިލިއަނެއްހާ ރުފިޔާ ހޭދަވާނެ އެވެ.
މާފުށީ ކައުންސިލުގެ ރައީސް ހަސަން ސަލާހު ވިދާޅުވީ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ސްކޫލް އޭސީ ކުރުމުގެ މަސައްކަތް އެއްކޮށް ނިންމައިލުން ކަމަށެވެ. އޭސީތައް މިއަދު އެރަށަށް ލިބޭނެ ކަމަށެވެ.
އޭނަ ވިދާޅުވީ ސްކޫލް އޭސީ ކުރުމުން ކަރަންޓް ނުހިފަހައްޓާނެތީ ސްޓެލްކޯގެ އިރުޝާދުގެ މަތިން ޕެނަލްބޯޑެއް ހަރުކުރުމުގެ މަސައްކަތް ވެސް ކުރަން ނިންމާފައިވާ ކަމަށެވެ.
މާފުށީ ސްކޫލް އޭސީކޮށް އެ ތަކެތި މަރާމާތުކޮށް ބަލަހައްޓާނީ ވެސް ކައުންސިލުންނެވެ.
މާފުށީ ކައުންސިލުން ރަށުގެ ސްކޫލް އޭސީކޮށް ދޭން ނިންމި އިރު، ސަަރުކާރުގެ ހުރިހާ ސްކޫލްތަކެއް ދެ އަހަރުގެ ތެރޭގައި އޭސީކުރަން ނިންމާފައިވާ ކަމަށް މިދިޔަ ހަފުތާގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެފައިވެ އެވެ.