Last Updated: November 26, 19:16
Tuesday, November 26, 2024
ޚަބަރު

ތިލަމާލެ ބްރިޖްގެ 37.71 ޕަސެންޓް ނިމިއްޖެ

ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 37.71 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

މި ބްރިޖްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީން އެންމެ ފަހުން އާންމުކުރި މައުލޫމާތުރަކަށް ބަލާ އިރު،

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ބްރިޖްގެ ޕަސެންޓް ނިންމައި، މިހާތަނަށް މުޅި ޕްރޮޖެކްޓްގެ 37.71 ޕަސެންޓް ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ތަނބުތައް ޖެހުމަށް ޖަހާ 203 ޕައިލިން މަސައްކަތުގެ ތެރެއިން 163 ޕައިލްގެ މަސައްކަތް ނިންމާފައިވާއި ރު އެއީ އެ މަސައްކަތުގެ 80 ޕަސެންޓެވެ.

ބްރިޖްގެ އެއް ތަނބު އަނެއް ތަނބާ ގުޅުވައިލާ ޕްރީ-ކާސްޓް ސެގްމަންޓްތަކަކުން ކަމަށް ވާއިރު މިހާރު އޭގެ 993 ސެގްމަންޓްގެ ތެރެއިން 373 ސެގްމަންޓްގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި އެއް ތަނބު އަނެއް ތަނބާ ގުޅާލުމުގެ މަސައްކަތްތައް ފަށާފައިވާއިރު މިހާތަނަށް 18 ޕްރީ-ކާސްޓް ސެގްމަންޓް ގުޅާލާފައިވެ އެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖުގެ މި މަޝްރޫއުއަކީ 7 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުއެކެވެ. މި މަޝްރޫއު އަކީ އެ ގައުމުގެ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ދަށުންނާއި ބާކީ ބައި ސަރުކާރުން ހަރަދު ކުރާގޮތަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.