Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ޑިމެންޝިއާއާ ގުޅޭ ސެޝަނެއް އައްޑޫގައި

ޑިމެންޝިއާއާ ގުޅޭ ގޮތުން ޕެނެލް ޑިސްކަޝަނެއް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

އަލްޒެއިމާސް ސޮސައިޓީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި ސެޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު މެންދުރު ފަހު 3:45 ގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގަ އެވެ.

މި ޕެނެލް ޑިސްކަޝަންގައި މައުލޫމާތު ދެއްވާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޑިމެންޝިއާއާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށް ދިނުމުގެ އިތުރަށް އެ ބައްޔާ ގުޅޭ ގޮތުން ކުރެހުމުގެ މައުރަޒެއް ވެސް ހޮނިހިރު ދުވަހު ކުރިއަށް ދާނެ އެވެ.

ދެހާސް ބާވީހުގައި ވެސް އަލްޒެއިމާސް ސޮސައިޓީ އޮފް މޯލްޑިވްސް އިން އައްޑޫގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ،