ހުޅުމާލޭގައި ބިދޭސީއަކު ދިވެއްސަކަށް ވަޅިން ހަމަލާ ދޭން އުޅުނު މައްސަލައެެއްގައި ހައްޔަރުކޮށްފި އެވެ.
މިއަދު ހަވީރު ހުޅުމާލޭގެ ލަންސިމޫގައި މަގުގައި ހިނގި ހާދިސާގައި ބިދޭސީ މީހާ ހަމަލާދޭން އުޅުނު މެދުއުމުރުގެ މީހަކަށެވެ. އަދި ހަމަލާދޭން އުޅެނިކޮށް ބަޔަކު ހުއްޓުވައި ފުލުހުންނަށް ގުޅި އެވެ. ހައްޔަރުކުރި މީހާ އަކީ އިންޑިއާގެ މީހެކެވެ.
ނަމަވެސް މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.