ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ ނައިބަކަށް މުހައްމަދު ރަޝީދު އައްޔަންކޮށްފި އެވެ.
އޭނަ މިދިޔަ ހަފުތާގައި އެ މަގާމަށް އައްޔަންކުރި އިރު ހުންނެވީ މަޖިލީހުގެ އެސިސްޓެންޓް ސެކްރެޓަރީގެ ޖެނަރަލްގެ މަގާމުގަ އެވެ. ރަޝީދަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ވެސް މެ އެވެ.
މަޖިލީހުގެ އަމީންއާންމުގެ ނައިބަކަށް އޭނަ އައްޔަންކޮށްފައި މިވަނީ މަޖިލީހުގެ ގަވައިދުވެސް އިސްލާހު ކުރުމަށް ފަހު އެވެ.
މަޖިލިސް ގަވައިދު ކުރިން އޮތީ އަމީންއާންމުގެ މަގާމަށް ދެ ބޭފުޅަކު އެއް ވަގުތެއްގައި އައްޔަންކުރެވޭ ގޮތަކަށް ނޫނެވެ. ނަމަވެސް ހިންގުމުގެ ދާއިރާ އާއި ގާނޫނީ ދާއިރާ އިން އަމީންއާންމަށް އެހީވުމަށްޓަކައި އަމީންއާންމުގެ ނައިބުގެ މަގާމަށް ދެ ބޭފުޅުން އައްޔަންކުރެވޭ ގޮތަށް ގަވައިދު އިސްލާހުކުރީ މިމަ ހުގެ ކުރީކޮޅު އެވެ.