ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދީފި އެވެ.
މީޑިއާތަކުން ބުނީ 58 އަހަރުގެ އެކްޓަރު އެޑްމިޓްކުރަން ޖެހުނީ މިހާރު ކުރިއަށްދާ އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގައި ޝާހްރުކްގެ ޓީމް ކޮލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އާއި ސަންރައިޒާސް ހައިދަރުއާބާދު (އެސްއާރްއެޗް) ކުޅުނު މެޗް ބަލަން އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި އިންދައި މާ ބޮޑަށް ހޫނު ގަދަވުމުގެ ސަބަބުން ހީޓްސްޓޯރެއް ޖެހިގެން ކަމަށެވެ.
#WATCH | Gujarat: Gauri Khan, wife of Actor Shah Rukh Khan reached KD Hospital in Ahmedabad earlier today.
Shah Rukh Khan is admitted to the hospital due to heat stroke and dehydration. pic.twitter.com/hTrCZ42x1F
— ANI (@ANI) May 22, 2024
މިކަމާ ގުޅިގެން ޝާހްރުކަށް ފަރުވާ ދިނީ އަހުމަދުއާބާދުގެ ކޭޑީ ހޮސްޕިޓަލްގަ އެވެ. އޭނަ އެޑްމިޓްކުރުމާ ގުޅިގެން އަންހެނުން ގޯރީ އާއި ކުދިން ވެސް ހޮސްޕިޓަލަށް ދިޔަ އެވެ.
ޝާހްރުކް އެޑްމިޓްކުރި ވާހަކައާ އެކީ ފޭނުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް ވެސް އުފެދުނެވެ.
Gujarat: Actor Juhi Chawla and her husband Jay Mehta leave from KD Hospital, in Ahmedabad.
Actor Shah Rukh Khan has been admitted to the hospital.
Get well soon @iamsrk ♥️#ShahRukhKhan
pic.twitter.com/2niT517wuu— Shah Rukh Khan Fc – Pune ( SRK Fc Pune ) (@SRKFC_PUNE) May 22, 2024
ނަމަވެސް ކޭކޭއާރްގައި ހިއްސާވާ ބަތަލާ ޖޫހީ ޗާވްލާ މީޑިއާތަކަށް ބުނެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، ޝާހްރުކް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނަގެ ހާލު ރަނގަޅު ކަމަށާއި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް ވެސް ބުންޏެވެ.
ޖޫޖީ ބުނި ގޮތުގައި ކޭކޭއާރް ދެން ކުޅޭ މެޗަށް ވެސް ޝާހްރުކް ޓީމަށް ހިތްވަރު ދޭން ދާނެ އެވެ.