ތިން ބާވަތެއްގެ ދޫނި ތިނަދޫ ސިޓީގައި ހިފުން މަނާކޮށްފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ހިފުން މަނާކުރި ތިން ބާވަތުގެ ދޫނިތަކަކީ ސްޕެރޯ ބާޑް ފެމެލީ ދޫންޏާއި
މައިނަ ބާޑް ފެމެލީ ދޫނީގެ އިތުރުން ޑަކް ފެމެލީ ބާވަތުގެ ދޫންޏެވެ.
ކައުންސިލުން ބުނީ މި ތިން ބާވަތުގެ ދޫނިތައް ހިފުމަކީ މަނާ ކަމަކަށްވާތީ އެ ފަދަ ދޫނިތައް ހިފާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ތިނަދޫ ކައުންސިލުން ބުނި ގޮތުގައި ތިން ބާވަތެއްގެ ދޫނި ހިފުން މަނާކުރީ ތިނަދޫ ސިޓީކައުންސިލާއި ތިނަދޫގައި ދޫނިތައް ގެންގުޅޭ ކޮމިޔުނިޓީ ޒުވާނުން ގުޅިގެން އެ ސިޓީ އަކީ ތަފާތު އެކި ވައްތަރުތަކުގެ ދޫނިތައް ރައްކާތެރިކަމާއެކު ދިރިއުޅޭ ހިތްފަސޭހަ މާހައުލަކަށް ހެދުމުގެ ގޮތުން ކަމަށެވެ.