Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

ފަލަސްތީނު ޕްރޮފެސަރުގެ އާއިލާ ރާއްޖެ ގެނެސްފި

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ފަލަސްތީނުގެ ޕްރޮފެސަރު ޑރ. ހަސަން އަލް ކުރުދީގެ އާއިލާ ގާޒާ އިން ނެރެ، ރާއްޖެ ގެނެސްފި އެވެ.

އެ އާއިލާ ރާއްޖެ ގެނައުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިންނެވެ. އެ އާއިލާ ރާއްޖެ ގެނައުމުހެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވެސް ފޯރުކޮށް ދީފައިވެ އެވެ.

ޕްރޮފެސަރުގެ އާއިލާ ރާއްޖެ ގެނައީ މިސްރު މެދުވެރިކޮށެވެ.

ޑރ. ކުރުދީގެ އާއިލާ ދިރިއުޅެމުން އައީ އިޒްރޭލުގެ އަނިޔާވެރި ވަކިތަކުގެ ދަށުގައި އޮތް ގާޒާގެ ރަފަާ އެވެ. އާއިލާގެ ފަރާތުން އެހީތެރިކަމަށް އެދުނީ ޑރ. ކުރުދީގެ އަންހެން ދަރިފުޅު މިންނާ އަލް ކުރުދީ އެވެ. އޭނާ ވަނީ ފައިސާ އެއްކުރަން އެހީވެދޭ "ގޯ ފަންޑްމީ" ގައި އެކަމަށް ޕޭޖެއް ވެސް ހިންގައިފަ އެވެ.