މިއަދު ފްރާންސްގައި ބާއްވަން ނިންމާފައި އޮތް އޮލިމްޕިކް ޓޯޗް އިވެންޓަކަށް ހަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މިކަމާ ގުޅިގެން އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ޖެރާލްޑް ޑާމަނިން ވިދާޅުވީ ހަމަލާ ދޭންވީ ފްރާންސްގެ ބޯޑައުގައި ބާއްވަން އޮތް އިވެންޓަށް ކަމަށެވެ. ނަމަވެސް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ދުރާލައި އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހަމަލާ ދޭން ރޭވި މީހާ ހައްޔަރުކޮށް، އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ހައްޔަކުރި މީހާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފަ އެވެ. އެކަމަކު އޭނަ އަކީ ކުރިން ވެސް ގަތުލުއާންމުގެ ރެކޯޑް އޮތް މީހެއް ކަމަށް ބުނެފައިވެ އެވެ.
ޖުލައި މަހު ބާއްވަން ހަމަޖެހިފައިވާ މި އަހަރުގެ އޮލިމްޕިކްސް އަށް ފްރާންސުން އަންނަނީ އެންމެ ގަހުގެ ތައްތާރީތައްވަމުންނެވެ. އަދި މި ބޮޑު ކުޅިވަރު އިވެންޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަލު ފްރާންސަށް ދާނެތީ މުބާރާތުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމށް ހާއްސަ ސަމާލުކަމެއް ދީފައިވެ އެވެ.
މި އަހަރުގެ އޮލިމްޕިކްސް މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ޖުލައި 26 އިން އޮގަސްޓް 11 އަށެވެ.