ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުން ވެސް މަނާ ކުރަން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ގޮވާލައިފި އެވެ.
ޑރ. މުހައްމަދު އަލީ މިކަމަށް ގޮވާލާފައިމިވަނީ ފުރާނަައަށް ނުރައްކާވާފަދަ ބާރުގަދަ ޑްރަގެއް މާކެޓުގައި އުފައްދާ އަދި ދައުރުވާ މިންވަރު އިތުރުވެފައިވާތީ، އެކަމަށް ސަމާލުވެ ރައްކާތެރިވުމަށް ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފައިވަނިކޮށެވެ.
ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ، 'ފެންޓަނީލް-ލޭސްޑް ޑްރަގްސް' ނުވަތަ އާންމުކޮށް ކިޔާ ނަމުންނަމަ "ޗައިނާ ވައިޓް"، ބައިނަލްއަގްވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗަކަށްވާތީ، މި ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ އެއްޗެއް ކަމަށް ބުނެފައިވެ އެވެ.
ޑރ. މުހައްމަދު އަލީ "އެކްސް"ގައި ކުުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރި ބައެއް މީހުންގެ ހަށިގަނޑުން އިންފެކްޝަނެއްގެ އަސަރު ފެނިފައިވާ ކަމަށާއި އެކަމުން ދޭހަކޮށްދެނީ އެ މީހުން "ޗައިނާ ވައިޓް" ބޭނުން ކޮށްފައިވާ ކަން ކަމަށެވެ. މަސްތުވާތަކެއްޗާ މެދު ވަރަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އަދި އެތަކެތި އެތެރެވާ ހުރިހާ ދޮރުތަކެއް ބަންދު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެހެން ނޫންނަމަ ދިވެހި ޒުވާން އާބާދީ ހަލާކުވެދާނެ ކަމަށް ވިދާޅުވި އެވެ.
Some of our patients who r getting admitted with severe infections tell that, they had used China White among other things.Take critical actions for drug use and abuse,otherwise our working population will end up in vain.
Like drugs,Ban Vaping and Smoking in Maldives.#BanVape https://t.co/j4VqwBEtx4
— Dr. Mohamed Ali (@Moxamedalu) May 23, 2024
ޑރ ވަނީ މަސްތުވާތަކެތި ބޭނުން ކުރުން މަނާކޮށްފައިވާ ގޮތަށް ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ވެސް މަނާކުރަން ގޮވާލާފަ އެވެ.