Last Updated: November 27, 01:11
Wednesday, November 27, 2024
ޚަބަރު

ސިފައިންނަށް ހިންގި ސީ ވިޝަން ކޯސް ނިންމާލައިފި

ކޯސްޓުގާޑުގެ ސިފައިންނަށް އަމާޒުކޮށްގެން އެމެރިކާގެ ކަނޑުގެ ސިފައިން ކުރިއަށް ގެންދިޔަ "ސީ ވިޝަން އޮޕަރޭޓާ ކޯސް" ނިންމާލައިފި އެވެ.

އެމްއެންޑީއެފުން ބުނ މި ކޯހުގައި ބައިވެރިވެ، ކޯސް ފުރިހަމކޮށްފައި ވަނީ ކޯސްޓުގާޑުގެ 17 ސިފައިން ކަމަށެވެ. އެ ކޯސް ކުރިއަށް ގެންގޮސްފަ އިވަނީ މި މަހުގެ 19-23 އަށެވެ.

ކޯސް ހިންގާފައި ވަނީ އެމެރިކާ ކަނޑުގެ ސިފައިންގެ ހަތްވަނަ ފްލީޓުންނެވެ.

މި މަހުގެ 5-28 ގެ ނިޔަލަށް އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން އެކްސަސައިޒް "ބްލެކް މާލިން" ގެ ނަމުގައި ވެސް ތަމްރީނުތަކެއް އަންނަނީ ހިނގަމުންނެވެ. މި ތަމްރީނުތަކުގައި ފަސް އެސްއެމްއީ ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފަ އެވެ. އޭގެ ތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ހިމެނެ އެވެ.