މާލޭގެ ގެސްޓްހައުސްއެއްގައި ބިދޭސީއެއް ބަންދު ކޮށްގެން ގެންގުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ރޭ ބުނެފައިވަނީ މާފަންނު ގެސްޓްހައުސްއެއްގައި ނޭޕާލު ފިރިހެނަކު ބަންދު ކޮށްގެން ގެންގުޅޭކަމުގެ ރިޕޯޓް ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ބަންދު ކޮށްގެން ގެންގުޅުނު ނޭޕާލް މީހާ ސަލާމަތް ކޮށްފައިވާ ކަމަށާއި އެމީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ބަންގްލަދޭޝްގެ ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާކަމަށެވެ.