މަޝްހޫރު އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެއިގާ އެކި ގެނެސްދެމުން އަންނަ މަގުބޫލު މިސްޓްރީ ފްރެންޗައިޒް "ނައިވްސް އައިޓްސް" ގެ ތިން ވަނަ ބައިގެ ނަން އިއުލާންކޮށް އެ ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.
މިކަން ސޯޝަލް މީޑިއާގައި އިއުލާންކޮށް ފިލްމުގެ ސްކްރީން ރައިޓަރު/ޑައިރެކްޓަރު ރިއަން ޖޯންސަން ބުނީ ތިން ވަނަ ބައިގެ ނަމަކީ "ވޭކަޕް ޑެޑް މޭން" ކަމަށެވެ. އަންނަ އަހަރު ފިލްމު ގެނެސްދޭން ނިންމި ނަމަވެސް، ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ސީދާ ތާރީހެއް އިއުލާނެއް އަދި ނުކުރެ އެވެ.
The next Benoit Blanc mystery, the follow-up to Knives Out and Glass Onion, is called Wake Up Dead Man. pic.twitter.com/pdDXRDmwcI
— Rian Johnson (@rianjohnson) May 24, 2024
ފަސް ފިލްމެއްގައި ޖޭމްސް ބޮންޑްގެ ރޯލު ކުޅުނު ކްރެއިގް "ނައިވްސް އައުޓް" ގައި ކުޅެމުން އަންނަނީ ބެނޮއިޓް ބްލާންކް ކިޔާ ޕްރައިވެޓް ޑިޓެކްޓިވެއްގެ ރޯލެވެ. އާއިލާއެއްގެ ތެރޭގައި ހިނގާ ސިއްރުން ފުރިގެން މަރުގެ ހާދިސާއެެއްގެ ހަގީގަތް ހޯދަން ކުރާ ޝައުގުވެރި ހާދިސާތަކެއް ދައްކުވައި ދިން "ނައިވްސް އައުޓް" ރިލީޒްކުރީ 2019 ގަ އެވެ.
އެ ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން މީގެ ދެވަނަ ބައި "ގްލާސް އަނިއަން: އަ ނައިވްސް އައުޓް މިސްޓްރީ" ގެނެސްދެނީ 2022 ގަ އެވެ. ފުރަތަމަ ބައި 40 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުގައި 312.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އިރު، 40 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ދެވަނަ ބަޔަށް ލިބުނީ އެންމެ 15 މިލިއަން ޑޮލަރެވެ.